ދުނިޔެ

ފަތިހަށްވުރެ ކުރިން ބަޣާވާތް: މިއަންމާގެ އާންމުން ނުދެނެހުރި!

މިއަންމާގައި އަސްކަރިއްޔާރިން ގެނައި އިންގިލާބެއްގައި ހޯމަ ދުވަހު ފަތިހަށް ވުރެ ކުރިން ސަރުކާރު ބަދަލުކޮށް އިރު އަރަން ވާއިރަށް ވަނީ އަތްފޮޅާލާފަ އެވެ. ސަރުކާރު ހިންގުމުގައި އިސްސަފުގައި ތިއްބެވިހާ ބަޔަކު ގެންގޮސް ވަނީ ހައްޔަރުކޮށްފަ އެވެ. ބައެއް ރިޕޯޓަރުން ބުނާ ގޮތުގައި އެއިން އެއްވެސް ކަމެއް އާންމުން ނުދެނެހުއްޓެވެ.

މަދަނީ ސަރުކާރާއި އަސްކަރިއްޔާއާ ދެމެދު ކޯޅުން ބޮޑުވެ، އަސްކަރިއްޔާއަށް ފެނުނު އެންމެ ރަނގަޅު ހައްލަކަށްވީ ސަރުކާރު ހުއްޓުވާލުމެވެ. އަސްކަރިއްޔާއިން އެކަންކޮށްފި އެވެ. މިއަންމާގެ ރައީސް އާއި ސްޓޭޓް ކައުންސެލާ، އޮން ސަން ސޫޗީ އަދި ވެރިކަންކުރާ ނެޝަނަލް ލީގް ފޮ ޑިމޮކްރަސީ އެންއެލްޑީ ޕާޓީގެ އިސްވެރިން ވެސް ވަނީ މިލޓަރީ ހައްޔަރުގަ އެވެ. ނުވީތަނަކަށް ކުއްލި ހާލަތު އިއުލާންކޮށް އެއްއަހަރު ދުވަހަށް މިހާރު އޮތީ ދިގު ދަމާލާފަ އެވެ.

އަސްކަރިއްޔާއިން ބުނީ ގައުމު މިހާލަތަށް ބަދަލުވީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ. މިދިއަ އަހަރު ނޮމެވްބަރު އަށެއްގައި އޮތް އާންމު އިންތިހާބު ސަރުކާރުން އޮޅުވާލާފައިވާ ކަމަށެވެ. އެކަމަކު، ހަގީގަތުގައި މައްސަލަ އުފެދުނީ ހީވެފައި އޮތް ވަރަށް ވުރެ ބޮޑު ކާމިޔާބެއް ވެރިކަންކުރާ ޕާޓީއަށް ލިބުމެވެ.

ލީން އަކީ ފްރީލާންސް ރިޕޯޓަރެކެވެ. އެނާ ބުނި ގޮތުން ޔަންގޫންގެ މަގުތަކުގައި އަދަޔާ ޚިލާފު ކަމެއް ހިނގާތީ އޭނާ ނުދެކެ އެވެ. އާންމުން އަދައިގެމަތިން ހެލިފެލިވެ އުޅެ އެވެ. ފިހާރަތައް ދޮށުގައި އެއްޗެހި ގަންނަން މީހުން އެއްވެ ތިއްބެވެ.

ޓެކްސީ ޑްރައިވަރުންނާއި އާންމު މަސައްކަތު މީހުންނާ ވެސް ވާހަދައްކައި މައުލޫމާތު އޮޅުންފިލުވި ކަމަށް ލީން ބުންޏެވެ. އޭނާ ބުނީ ގައުމުގައި ކަމެއް ހިނގައިގެން އުޅޭކަން ވެސް އެމީހުން ނުދެނެހުރި ކަމަށެވެ.

ލީން ބުނީ ބައެއް މަގުތަކުގައި ސިފައިން ތިބި ކަމަށާއި ބާރުދައްކައި ނުހަދާ ކަމަށެވެ. ގައުމުގައި ކަމެއް ވެގެން އުޅޭކަން އާންމުނަށް ރޭކާލީ އަސްކަރިއްޔާއިން ބަޔާނެއް އާންމުކުރި ހިސާބުން ކަމަށް ލީން ބުންޏެވެ،

މިއަންމާގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެން އޮންނާނީ އަރާރުންވުމެވެ. އަސްކަރިއްޔާއިން ބުނީ އެއްއަހަރަށް ފަހު ގައުމު އާންމު ހާލަތަށް ބަދަލުވުމުން އާންމު އިންތިހާބެއް ބާއްވާނެ ކަމަށެވެ. އަދި ކާމިޔާބުކުރާ ބަޔަކަށް ވެރިންކަ ދޫކޮށްލާނެ ކަމަށެވެ.

އެންއެލްޑީން ގޮވާލަނީ އާންމުން މަގުތަކަށް ނުކުތުމަށެވެ. އެކަމަކު ވެސް މަސްލަހަތު ގެއްލުވައި ނުލުމަށާއި މަދަނީ ބަަސްނޭހުމުގައި ދެމިތިބުމަށެވެ. ހާޖާނު އުފައްދަން މީހުން މަސައްކަތް ކުރާނެ ކަމަށާއި މަގުތަކަށް އެއްވާ މީހުން ބުރުއްސާލަން މިލިޓަރީން މިއުކުޅު ބޭނުން ކުރާނެ ކަމަށެވެ.