ހަބަރު

ގެއްލުނު ބާޖު ފެނެއްޖެ

ވ. ކުނާވަށި ބޭރުން ޓަގެއްގެ ކަފު ޖަހައިގެން ގެންދަނިކޮށް ގެއްލުނު ބާޖު ފެނެއްޖެ އެވެ.

ރޭ ގެއްލުނު މި ބާޖު ފެނުނީ އޮޔާ ދަނިކޮށް، ބާޖުގެ ވެރިފަރާތަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އޮޔާދަނިކޮށް މި ބާޖު ފެނުނީ މިއަދު ހެނދުނު އެވެ.

ކ. ތިލަފުށިން ފުރައިގެން ވ. ކުނާވައްޓަށް ކަފު ޖަހައިގެން ދަތުރު ކުރަމުންދަނިކޮށް ބާޖު ގެއްލުނީ ވާ ކެނޑީގެންނެވެ. މިއީ 120 ފޫޓުގެ ބޭޖެކެވެ. ބާޖު ގެއްލުނީ ވ. ކުނާވަށީގެ ފަސް ނޯޓިކަލް ބޭރުންނެވެ.