ހަބަރު

ކޯޓުން ނައިބު ރައީސާ ސުވާލު ކުރުމުގެ މަޖިލީޙެއް ދޫނިދޫގައި

Oct 27, 2015

ގައުމަށް ހިޔާނާތްވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުން ސުވާލުމުގެ ބައްދަލުމެއް މިއަދަށް ތާވަލުކޮށްފި އެވެ. މި މަޖިލިސް އޮނާނީ ސަރުކާރުގެ ތަހުގީގު ޖަލު، ދޫނިދޫގައި ކްރިމިނަލް ކޯޓުން ގާއިމުކޮށްފައިވާ އެ ކޯޓްގެ ބައެއްގައި މިއަދު 3:00 ޖަހާއިރު އެވެ.

ނައިބު ރައީސްގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ މިއަދު ބާއްވަނީ ތަހުގީގުގެ ބައެއް ނޫން ކަމަށާއ މިއަދު ބާއްވަނީ ކްރިމިނަލް ކޯޓުން ނައިބު ރައީސާ ކުރާން ބޭނުންވާ ސުވާލެއް ނުވަތަ ސުވާލުތަކެއް ކުރަން ބާއްވާ މަޖިލީހެއް ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ މި މަޖިލިސް ދާނެ ގޮތެއް، ސުވާލު ކުރާ މަޖިލީހެއް ކަމަށް ބުނެފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ރޭ ޝަމީމް ވިދާޅުވެފައި ހުންނެވ ތަހުގީގުގައި ނައިބު ރައީސާ މިހާތަނަށް ކުރި ހުރިހާ ސުވާލަކަށް ޖާވާބު ދެއްވާފައިވާ ކަމަށާއި ނައިބު ރައީސް ތަހުގީގައި ފުލުހުންނަށް ދެއްވާނެ ކަމަށެވެ. އަދި "ފިނިފެންމާ" ލޯންޗުގައި ރައީސް އަވަހާރަކޮށްލަން ދިން ބޮމުގެ ހަަމަލާއާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ނައިބު ރައީސް ހައްޔަރުކޮށްފައި ވަނީ ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސިންގަޕޫރުގައި މަޑު ކުރައްވާފައިވާ ރާއްޖެ ވަޑައިގަތުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންނެވެ.

ނައިބު ރައީސް ހުންނެވީ ބަންދަށް 15 ދުވަް ޖަހާފައެވެ. ނަމަވެސް ނައިބު ރައީސްގެ ފަރާތްޕުޅުން ވަނީ އެ އަމުރު ހައިކޯޓްގައި އިސްތިއުނާފުކޮށްފަ އެވެ.