ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަލިން ރައްކާތެރިވުމަކީ ދީން އިރުޝާދުދޭ ގޮތް: އިމްރާން

Feb 2, 2021
12

ބަލިތަކުން ރައްކާތެރިވާން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމް ދީން އިރުޝާދު ދޭ ގޮތް ކަމަށް، ކޮވިޑް-19 އިގެ ވެކްސިން ޖެއްސެވުމަށް ފަހު ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގައި އިއްޔެ އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ކުރިޔަށް ގެންދިޔަ އެވެ. ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ވެސް އިއްޔެ ވެކްސިން ޖަހަން ވަނީ ފަށާފަ އެވެ. އެޗްއީއޯސީން ބުނީ އިއްޔެ 282 މީހަކަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށެވެ.

ވެކްސިންގެ ރައްކާތެރިކަމާގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތާއެކު ސުވާލު އުފައްދަމުން ދާއިރު، ވެކްސިންގެ ޔަގީންކަން ކަށަވަރުކޮށް ދޭން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ބައެއް ވަޒީރުން ވަނީ އިއްޔެ ވެކްސިން ޖައްސަވާފަ އެވެ.

މިއަދު ވެކްސިން ޖެއްސެވުމަށް ފަހު، އިމްރާން ވިދާޅުވީ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމް ދީން އިރުޝާދު ދޭ ގޮތްކަމަށެވެ.

"އެއީ ތިމާއާއި ތިމާގެ އާއިލާ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކަތެރިކަމަށް ކޮންމެހެން ކުރަންޖެހޭކަމެއް،" ރާއްޖޭގެ އެންމެ އިސް ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމްރާން ވިދާޅުވި އެވެ.

ވެކްސިނާ ގުޅޭ ގޮތުން އެކި ގޮތް ގޮތަށް ސައްހަ ނޫން ވާހަކަތައް ފަތުރާތީ އެގޮތަށް އަމަލުކޮށް، ވެކްސިން ޖެހުން ސިޔާސީ ނުކުރުމަށް ސިއްހީ މާހިރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.