ހަބަރު

ފޮނަދޫ މެޖިސްޓްރޭޓް ކަމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި

ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ދެ ބޭެފުޅަކު ކުރިމަތިލައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނި ގޮތުގައި މަގާމަށް ކުރިމަތިލައްވާފައި ވަނީ ލ. ފޮނަދޫ، ޝާރާޒް، އާމިނަތު ސަފީނާ އާއި އެ އަތޮޅު އިސްދޫ، ބީޗް ރެސްޓް، އަލީ ޝަރީފެވެ.

މިއީ ޖޭއެސްސީ އިން މިދިޔަ މަހުގެ 18 ވަނަ ދުވަހު މި މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތި ލެއްވި ދެ ބޭފުޅުންނެވެ. ކުރިމަތިލުމުގެ ސުންގަޑި ހަމަވެފައި ވަނީ އިއްޔެ އެވެ.