ހަބަރު

ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން މަޝްވަރާކޮށްފި

ރާއްޖޭގެ ޖަލުތަކުގެ ފެންވަރު ރަނގަޅު ކުރަން އަނެއްކާވެސް މަޝްވަރާތައް ކޮށްފި އެވެ.

ތަހުގީގަށް މީހުން ބަންދު ކުރާ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކަސްޓޯޑިއަލް ޑިޕާޓްމެންޓްގެ އިސްވެރިންނާއެކު މަޝްވަރާތަކެއް ކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މި މަޝްވަރާތަކުގައި ކުރިއަށް އޮތް ތަނުގައި އަޅާ ކަސްޓޯޑިއަލް ޖަލުތަކުގެ ފެންވަރު ރަނގަޅު ކުރުމާއި ގުޅޭ ގޮތުން ވެސް ވާހަކަ ބަދަލު ކުރި އެވެ.

މީގެ ކުރިން ވެސް ވަނީ ޖަލުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަޝްވަރާތަކެއް ކޮށްފަ އެވެ. ޖަލުތަކުގެ ހާލަތު ދިރާސާ ކުރުމަށް ހޯމް މިނިސްޓްރީން ކުރިން ވަނީ ޕްރިޒަން އޯޑިޓް ކޮމިޝަނެއް ވެސް ހަދާފަ އެވެ.