ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

880 މީހަކު ކޮވިޑް ވެކްސިން ޖަހައިފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި އިއްޔެ ރަސްމީކޮށް ފަށާފައިވާއިރު މިހާތަނަށް 880 މީހަކު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް އިއްޔެ ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެއްސެވީ އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝިރާނީ އަބްދުއްރަހުމާނެވެ. އެ ޑޮކްޓަރަށް ފަހު ވެކްސި ޖެއްސެވި އިސްވެރިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ބައެއް ވަޒީރުން ހިމެނެ އެވެ.

މާލޭ ސިޓީގައި އިއްޔެ އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ކުރިޔަށް ގެންދިޔަ އެވެ. ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ވެސް އިއްޔެ ވެކްސި ޖަހަން ވަނީ ފަށާފަ އެވެ. އެޗްއީއޯސީން ބުނީ އިއްޔެ 282 މީހަކަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށެވެ. އަދި މިއަދު 554 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ވެކްސިން 880 މީހަކަށް ވަނީ ދީފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ކޮވިޑް ވެކްސިން ޖެހި 666 މީހުން ހިމެނެއެވެ.

ރާއްޖޭގައި ޖަހަން ފެށީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.