ހަބަރު

ސިޔާސީ ބޭފުޅުން ތިއްބަވާފަދަ ތަނަކަށް އަދީބު ބަދަލު ކުރަން އަންގައިފި

Oct 27, 2015
2
0%
0%
0%

ހައްޔަރު ކުރާ ސިޔާސީ އެހެން ފަރާތްތަކަށް ވެސް ބަންދުގައި ތިއްބަވާ ފަދަ ތަނަކަށް ނައިބު ރައީސް އަހުމަދު އަދީބު ބަދަލު ކުރަން ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި އަމުރުކޮށްފައި ވަނީ ގައުމަށް ހިޔާނާތްވުމުގެ ތުހުމަތުގައި ދޫނިދޫގައި ހައްޔަރުކޮށްފައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓަށް ހުށަހެޅި ޝަކުވާއަކުނެވެ.

މީގެ އިރުކޮޅެއް ކުރިން އަދީބު ކްރިމިނަލް ކޯޓަށް ސުވާލުކުރުމުގެ މަޖުލީހަށް ފަހު އޭނާގެ ގާނޫނީ ވަކީ ހުސެން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ އެހެނިހެން ފަރާތްތަށް ވެސް ހުރި ކަހަލަ ތަނަކަށް ނައިބު ރައީސް އަދީބުވެސް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރުކޮށްފި ކަމަށެވެ.

ރޭ ޝަމީމް ވިދާޅުވީ ގޮތުގައި އަދީބު ހުންނަވަނީ އެހެން ކުއްވެރިން ބަހައްޓައިފައި ހުންނަ ގޮޅިއެއްގައި ކަމަށާއި އަދި ފުލުހުން ނައިބަކަށް ދޭންޖެހޭ އިހުތިރާމެއް އެފަރާތް ތަކުން ނިލިބޭ ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އައްޑޫ ބްރޯ

ރައީސް ޔާމީން އަދި ފޮރިން މިނިސްޓްރީން ވެސް ދުނިޔޭގެ ޖަމުއިޔާ ޖަމާއަތްތަކަށް މިއޮތީ އަންގާފަ ދިވެހި ރާއްޖޭގަ އެއްވެސް ސިޔާސީ ކުއްވެރިޔަކު ނެޔްކަމަށް.... ނަމަވެސް ކޯޓުން ހުކުމް މިކުރީ ސިޔާސީ ކުއްވެރިން ތިބިތަނަކަށް ބަދަލުކުރަން ... ކޯޓުން މި ހުކުމް މިކުރީ ރާއްޖޭގަ ސިޔާސީ ކުއްވެރިން ތިބިކަމަށް؟؟؟؟ ބޯހަލާކު ބުރޯގެ ބާރު މިތާގަވެސް؟ ޔާމީން ވެރިކަމުގަ ފަހު ތިންއަހަރު ވެރިކަން ކުރަން ބޭނުންނަމަ ހުރިހާ މުއަށްސަސާކުން ބްރޯތަށް ބޭރުކުރަން ޖެހޭ !!! 2008 ގެ މައުމޫނުގެ ނާކާމިޔާބީއަކީ ސަރުކާރުތެރޭ ތިބެ ބަޔަކު ކުޅުނުގޭމް ސޭމްތިންގް ވިލް ހެޕެމް ދިސްޓައިމް !!!

އަލީ

ސިޔާސީ ކުއްވެރިންދޯ ތިބޭތަނަކައްދޯ ބޮންގޮއްވިދޯ ހަމަ ހެވެނީ ދެންކީއްވެބާ ހުމާމް ސިޔާސީ ގޮޅިޔައްލާން ވަކާލާތުނުކުރީ ޖަލުގަ މުޅިން ސިޔާސީމީހުންދޯ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345