ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު މަަރުވެއްޖެ

ކޮވިޑް-19 ބަލީގައި 70 އަހަރުގެ ދިވެއްސެއް މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހަވީރު މަރުވީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެއް ކަމަަށެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ބުރީގައި ހުންނަ ކޮވިޑްގެ ހާލުބޮޑު ބަލިމީހުންނަށް ފަރުވާ ދޭ ސެންޓަރުގެ އައިސީޔޫގައި އޮތް މީހެކެވެ. މިއީ ރާއްޖޭގެ 53 ވަނަ ކޮވިޑް މަރެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ 44 ދިވެހިންނާއި 8 ބިދޭސީއެކެވެ. މިވަގުތުވެސް 186 މީހަކަަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. މިދިޔަ ޖަނަވަރީ މަހުވެސް ހަތަރު މީހަކު ކޮވިޑްގައި މަރުވިއެވެ.

ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް މިދުވަސްވަރު އިތުރުވަމުންދާއިރު މިހާތަނަށް 16،155 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އޭގެ ތެރެއިން 14،263 މީހަކު ވަނީ ފަސޭހަވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1833 އެވެ.