ހަބަރު

ހިދުމަތްތައް ޑިޖިޓަލްކޮށް ހޯދުމަށް ދިރާގުން އެދިއްޖެ

ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޑިޖިޓަލް ހިދުމަތްތައް ހޯދުމަށް ދިރާގުން އެދިއްޖެ އެވެ.

ދިރާގުން ޑިޖިޓަލް ހިދުމަތްތައް ހޯދަން އެދިފައި ވަނީ ކޮވިޑް-19 ގެ ތިންވަނަ ރާޅު ރާއްޖެ އަށް ކުރިމަތިވެފައިވާތީ ދިރާގު ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސަލާމަތައްޓަކައި ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، ދިރާގުގެ ހިދުމަތްތައް ހޯދުމަށާއި ބިލްތަކަށް ފައިސާ ދެއްކުމަށް ދިރާގު "މައި އެކައުންޓް" އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

"އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އާއި މޮބައިލް ޕެކޭޖްތަކުގެ ޔޫސޭޖް ތަފްސީލު ބަލައި، ބިލް ދައްކާ، އަދި ދިރާގުގެ ހިދުމަތްތަކަށް އެދުމަށް ކަސްޓަމަރ ކެއަރ ސެންޓަރުތަކަށް ދިއުމުގެ ބަދަލުގައި އޮންލައިނުކޮށް އެޕްލައިކުރުން ފަދަ ގިނަ ފަސޭހަތަށް "މައި އެކައުންޓް" މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ" ދިރާގުން ބުންޏެވެ.

ދިރާގުން އިތުރަށް ބުނީ، ދިރާގުގެ ކަސްޓަމަރ ސާވިސް ސެންޓަރުތައް ހުޅުވާލައި ހުރި ނަމަވެސް އެތަންތަނުން ހިދުމަތްތައް ލިބޭނީ ކުރިން އެޕްއިންޓްމެންޓް ހަދާ ކަސްޓަމަރުންނަށް ކަމަށެވެ. މި ސެންޓަރުގައި ހިދުމަތް ދެވޭނީ ވަކި އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށް ފާހަގަކުރަމުން ދިރާގުން ބުނީ، މި ސްލޮޓްތައް ދިނުމުގައި އާ ކަސްޓަމަރުންނަށް އިސްކަން ދެވޭނެ ކަމަށެވެ.