ބާސެލޯނާ

ފަހު ވަގުތު ގުރަނާޑާ ބަލިކޮށް ބާސާ ސެމީއަށް

ގުރަނާޑާއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް މެޗުގެ އެންމެ ފަހު ފަސް މިނެޓްގައި ބާސާއިން ނަތީޖާ ހަމަހަމަ ކޮށް އެކްސްޓްރާ ޓައިމްގެ ނަތީޖާއިން 5-3 ން ބާސާ މޮޅުވެއްޖެ އެވެ.

މެޗުގެ 88 ވަނަ މިނެޓާ ހަމައަށް ދިޔައިރުވެސް ގުރަނާޑާ އޮތީ 2-0 ން ކުރީގަ އެވެ. މެޗުގައި ގުރަނާޑާގެ ފުރަތަމަ ލަނޑު 33 ވަަނަ މިނެޓްގައި ކާމިޔާބު ކުރި ކެނެޑީ އެވެ. ދެ ވަނަ ލަނޑު 47 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސޮލްޑާޑޯ އެވެ.

މެޗުގެ 88 ވަނަ މިނެޓްގައި ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އެންޓްއާން ގްރީޒްމަން އެވެ. މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ދެ ވަނަ މިނެޓްގައި ޖޯޑީ އަލްބާ ވަނީ ބާސާ އަށް ނަތިޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭނާ ލަނޑު ޖެހީ ގްރީޒްމަން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ގްރީޒްމަން ވަނީ ބާސާއަށް ލީޑް ނަގައިދީފަ އެވެ. އޭނާ ލަނޑު ޖެހީ އަލްބާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީ އަކުން ފެޑޭ ވިކޯ ވަނީ ގުރަނޑާއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އިތުރު ވަގތުގެ ދެ ވަނަ ހާފުގައި ބާސާ މެޗުން މޮޅު ކޮށްދިން ލަނޑުތައް ކާމިޔާބު ކުރީ ފްރެންކީ ޑިޔޯންގް އާއި އަލްބާ އެވެ.