ހަބަރު

ރައީސަށް މިއަދު ތާރީހީ އޮނާ ގާޑެއް

Feb 4, 2021
7

މި އަހަރުގެ ފުރަތަމަ ދައުރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މަޖިލިސް ކުރާ ގެއަށް މިއަދު ވަދެވަޑައިގަތުމުގެ ކުރިން ސިފައިންގެ ފަރާތުން އެރުވި އޮނާ ގާޑް ނުވަތަ ރިޔާސީ ކުރުނީސްވީ އެ ރަސްމިއްޔާތަށް އިތުރު ފުރިހަމަކަމެއް ގެނުވައިދިން ތާރީހީ ކަމަކަށެވެ.

ސިފައިންގޭން ބުނި ގޮތުގައި، މިއަދު ރައީސަށް އެރުވި އޮނަ ގާޑަކީ، ސިފައިންގެ ތާރީހުގައި އެންމެ ގިނަ އަންހެން ސިފައިން ބައިވެރިވި އޮނާ ގާޑެވެ. މިއަދުގެ އެ އޮނާ ގާޑުގައި 17 އަންހެން ސިފައިން ބައިވެރިވެފައި ވެއެވެ.

ސިފައިންގެ ތާރީހުގައި އަންހެން އޮފިސަރުން މޭޖާ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް އަންހެން ސިފައިން ޕްރޮމޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގައި އެވެ. ޖިންސުގެ ހަމަހަމަކަމާއި، ދައުލަތުގެ އިސް މަގާމުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރަން ސަރުކާރަށް ވަނީ ގާނޫނު އިސްލާހުކޮށްފަ އެވެ. ކައުންސިލް އިންތިހާބުގައި އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ވަނީ ހާއްސަކޮށްފަ އެވެ.