ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

ހަތަރު މީހަކު ޕޮޒިޓިވްވެ ހުޅުމީދޫ މޮނިޓަރިންއަށް

ޕޮޒިޓިވް ކޭސްތަކެއް ފެށި ހުޅުމީދޫއަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް ލައިފި އެވެ.

އެޗްޕީއޭއިން ބުނީ މީގެ ހަފުތާއެއްގެ ކުރިން ސ. ހުޅުދޫއަށް ފުރަބަންދު ކަރަންޓީީންއަށް ދިއަ ދެ މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. އޭރު މައުލޫމާތު ދެވިފައިވަނީ އެސައިޓްގައި ކޮންޓެކްޓެއް ނެތް ކަމަށާ އެހެންކަމުން މި ދެމީހުންނާ ގުޅިގެން އިތުރު ބަޔަކު ކަރަންޓީން ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް މިއަދު ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން ހަތަރު މީހެއްގެ ނެގި ސާމްޕަލް މިއަދު ވަނީ ޕޮސިޓިވްވެފައެވެ. މިސައިޓްގައި ޖުމްލަ 60 މީހުން ތިބި ކަމަށް ބުންޏެވެ.
.
ހުޅުމީދޫ މޮނިޓަރިންއަށް ލާފައިވަނީ އެ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓްރޭސިންގެ މަސައްކަތް ނިމެންދެނެވެ.