ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް ބަލީގައި 84 އަހަރުގެ ދިވެއްސެއް މަރުވެއްޖެ

ކޮވިޑް-19 ބަލީގައި 84 އަހަރުގެ ދިވެއްސެއް މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ ކޮވިޑް ޖެހިގެން މިރޭ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ހުންނަ ކޮވިޑްގެ ހާލުބޮޑު ބަލިމީހުންނަށް ފަރުވާ ދޭ ސެންޓަރުގެ އައިސީޔޫގައި އޮތް މީހެކެވެ. އެއީ 84 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 54 ވަނަ މީހާއެވެ. އަދި މިއީ މި ފެބްރުއަރީ މަހުގައި ކޮވިޑްގައި މަރުވި ދެވަނަ މީހާއެވެ. އިއްޔެވެސް ކޮވިޑްގައި ވަނީ މީހަކު މަރުވެފައެވެ. އެއީ 70 އަހަރުގެ މީހެކެވެ. އޭނާވެސް މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ބުރީގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ 46 ދިވެހިންނާއި 8 ބިދޭސީއެކެވެ. މިވަގުތުވެސް 186 މީހަކަަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. މިދިޔަ ޖަނަވަރީ މަހުވެސް ހަތަރު މީހަކު ކޮވިޑްގައި މަރުވިއެވެ.

ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް މިދުވަސްވަރު އިތުރުވަމުންދާއިރު މިހާތަނަށް 16،276 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އޭގެ ތެރެއިން 14،337 މީހަކު ވަނީ ފަސޭހަވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1879 އެވެ.