މޯލްޑިވްސް ޕޮލިސް ސާވިސް

ފޯޖަރީގެ އަމަލެއް ހިންގި ފުލުހަކު ހައްޔަރުކޮށްފި

ފޯޖަރީގެ މައްސަލައެއްގައި ފުލުހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފޯޖަރީގެ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ ފުލުސް މީހެއް ކަމަށެވެ. ނަމަވެސް އުމުރުން 35 އަހަރުގެ އެމީހާގެ ހިންގި ފޯޖަރީ އަމަލުގެ ތަފުސީލެއްް އެ އިދާރާއަކުން ނުދިނެވެ.

އެހެން ވެސް މައްސަލަތަކުގެ އާންމު އުސޫލާ އެއްގޮތަށް އެ ފުލުސް މީހާގެ ބަންދާމެދު ވެސް ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރި އެވެ. އޭނާގެ ބަންދަށް މިހާރު ވަނީ 10 ދުވަސް ޖަހައި ދީފަ އެވެ.

މި މައްސަލާގައި ވެސް ފުލުހުން ފަހު ވާހަކައަށް ބުނީ އިތުރަށް ތަހުގީގުކޮށް ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.