ވިޔަފާރި

ހޯރުފުއްޓާއި ފީއަލީގައި އައިސް ޕްލާޓު ބަހައްޓަން އީއައިއޭ ހަދަނީ

Feb 7, 2021
ދޯންޏަކުން މަހަށް ފުރަން ތައްޔާރުވެ އައިސް އަޅަނީ: އިތުރު ރަށްރަށުގައި އައިސް ޕްލާންޓު އަޅަން ސަރުކާރުން ދަނީ ތައްޔާރު ވަމުން -- ފޮޓޯ: މަސްވެރިޔާ
0%
0%
0%

ފ. ފީއަލި އަދި ހއ. ހޯރަފުށީގައި އައިސް ޕްލާންޓުގެ އަޅަން، އީއައިއޭ ހަދާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނީ ހޯރަފުއްޓާއި ފީއަލީގައި ގާއިމު ކުރަން ހަމަޖައްސާފައިވާ އައިސް ޕްލާންޓްތައް ބަހައްޓާ ސަރަހައްދުގެ ތިމާވެއްޓާ ބެހޭ ރިޕޯޓް އީއައިއޭ އެއް ހަދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތަ ޝައުގުވެރިވާ ފަރާތްތަކުން، މިމަހުގެ 10 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އިގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހެ އެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް، މައުލޫމާތު ކަރުދާސް 10 ވަނަ ދުވަހު ފޮނުވާނެ އެވެ.

މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުގެ އެހީތެރި ކަމާކާއެކު މިފްކޯއިން ދަނީ އައިސް ޕްލާންޓުތައް ބަހައްޓަމުންނެވެ. ދާދިފަހުން ހޯރަފުށީގައި އައިސް ޕްލާންޓެއް ބަހައްޓަން މަޝްހޫރު ޓޫރިޒަމް ކުންފުނި ޗަމްޕާ ބްރަދާސްގެ ފަރާތުން ސޮއި ކޮށްފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345