ވިޔަފާރި

333 ގެސްޓްހައުސް އާއި 145 ރިސޯޓު އަލުން ހުޅުވައިފި

Feb 7, 2021

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން މިހާތަނަށް 333 ގެސްޓްހައުސް އާއި 145 ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިހާތަނަށް މެރީނާ އަދި ރިސޯޓުގެ ގޮތުގައި ހިންގާ 145 ތަނެއްގައި ހުރި 33،372 އެނދު އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 14 އަތޮޅެއްގެ 49 ރަށެއްގައި ހުރި 333 ގެސްޓްހައުސްއެއްގެ 6،216 އެނދު އަލުން އޮޕަރޭޝަނަށް ވަނީ ގެނެސްފަ އެވެ.

އަދި މިހާތަނަށް 624 ޓޫރިޒަމް ފެސިލީޓީއެއްގައި ހުރި 43،656 އެނދު އަލުން އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ.