ހަބަރު

ރާއްޖެ އިސްތިހާރު ކުރަން މީހަކު ގެނެސްފި

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރަން މައުލޫމާތު އެއް ކުރަން އިނގިރޭސިއަކު ރާއްޖެ ގެނެސްފި އެވެ.

ބޮޑު ބަޖެޓެއް އޮންނަ އެމްއެމްޕީއާރްސީން ގެނައީ ފްރީލާންސް ނޫސްވެރިއެއެކެވެ. އޭނާގެ ދަތުރުގައި އިނގިރޭސި ވިލާތުގައި ރާއްޖެ އިސްތިހާރު ކުރަން މައުލޫމާތެއް ހޯދާނެ އެވެ.

އެމްއެމްޕީއާރްސީން ބުނާ ގޮތުން އިނގިރޭސީ އެ މީހާއަކީ ޓްރެވަލް އާއި ލައިފްސްޓައިލްގެ ޕަބްލިކޭޝަންތަކަށް ލިޔާ ޕްރީލާންސް ނޫސްވެރިއެކެވެ. އޭނާ ރާއްޖޭގައި ދެ ހަފުތާ ހޭދަ ކުރާނެ އެވެ.

ރާއްޖެ އިސްތިހާރު ކުރަން ކަމަށް ބުނެ އެމްއެމްޕީއާރްސީން ދޭތެރެ ދޭތެރެއިން މިގޮތަށް މީހުން ގެނެސް ހަދަ އެވެ. އިނގިރޭސިވިލާތަކީ ރާއްޖެއަށް މުހިންމު މާކެޓަކަށްވާއިރު، މިދިޔަ އަހަރު 52،530 ފަތުރުވެރިން އެގައުމުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.