ސްޓެލްކޯ

ސްޓެލްކޯ ކޮންސްޓްރަކްޝަން މަސައްކަތަށް ދިވެހިން

ސްޓެލްކޯއިން ކުރަންޖެހޭ ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި ބިދޭސީންގެ ބަދަލު ދިވެހިން ހިމަނަން ނިންމައި ދިވެހިންގެ ފުރަތަމަ ބުރު މަސައްކަތަށް ނެރެފި އެވެ.

ކޮންސްޓްރަކްޝަން މަސައްކަތް ކުރަން ދިވެހިން ބޭނުންވާ ކަަމަށް ސްޓެލްކޯއިން އިއުލާނުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. ކަރަންޓު ކުންފުނިން ބުނީ ދިވެހިންނަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލި ފުރަތަމަ ބެޗު މިހާރު މަސައްކަތަށް ނުކުމެފައިވާ ކަމަށެވެ.

ބިދޭސީންގެ ބަދަލުގައި ދިވެހިން އެ ކުންފުނީގެ މަސައްކަތްތަކަށް ޝައުގުވެރިކަން އުފައްދައި މަސައްކަތް ކުރުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ފުރުސަތު ހުޅުވައިލި 18 އަހަރާއި 45 އަހަރާއި ދެމެދުގެ ދިވެހިންނަށެވެ. އެއީ މަސައްކަތަށް ހޭދަވާ ވަގުތަށް ބަލައި ދުވާލަކު 425ރ. ދޭގޮތަށެވެ.

ކޮންސްޓްރަކްޝަން މަސައްކަތަކީ ރާއްޖޭގައި އާންމު ގޮތެއްގައި ބިދޭސީން ގިނަ އަދި އެ މީހުން ކޮންޓްރޯލް ކުރާ މަސައްކަތަކަށް ވެފައި ވެއެވެ.