ހަބަރު

އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެ

ހަދަމުން ދާ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓި އަނިއްޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ، މަޖީދީމަގާ ރަށްދެބައިމަގު ގުޅުނު ހިސާބުގައި ހުރި އެ އިމާރާތުން ވެއްޓިފައި ވަނީ ބިދޭސީއެއް ކަމަށެވެ. އެ މީހާ ވެއްޓިފައިވަނީ މިއަދު ހެނދުނު 10:45 އެހާކަންހާއިރު ކަމަށެވެ.

އެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފައިވާއިރު ލިބިފައި އަނިޔާ އާއި އެ މީހާގެ ހާލަތާއި ގުޅޭ ގޮތުން ހޮސްޕިޓަލުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެހެން ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަން ފުލުހުން ވަނީ ވަނީ ތަހުގީގެއް ކުރަން ފަށާފަ އެވެ.

ހަދަމުން ދާ އިމާރާތްތަކުން ބިދޭސީން ވެއްޓުމުގެ ހާދިސާތައް މީގެ ކުރިން ވެސް އެކި ފަހަރުމަތީން ހިނގައި ބައެއް ހާދިސާތަކުގައި މީހުން މަރުވެފައި ވެއެވެ.

އިމާރާތް ކުރާއިރު އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް ނާޅާ، ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވެ އެވެ.