ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ

Feb 7, 2021

ކޮވިޑް ޖެހުނު އިތުރު މީހަކު ރާއްޖެއިން މިއަދު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން މިއަދު މަރުވެފައި ވަނީ 60 އަހަރުގެ އަންހެނެއް ކަމަށެވެ.

އޭނާ މަރުވީ 11:00 ޖަހާ އެހާކަންހާއިރު އެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، ދަރުމަވަންތަ (ޑީއެޗް) ގެ 11 ވަނަ ބުރީގައި އެޑްމިޓްކޮށް ފަރުވާ ދެމުން އައި އެ މީހާ މަރުވުމުން ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 55 އަށް އެރީ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،038 މީހުންނެވެ. މިހާތަނަށް 14،556 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 206 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއީ މި ފަހުން އެންމެ ގިނަ މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ވަގުތެވެ.