ރިސޯޓް ސަޕްލައިކުރާ އެސްޓްރަބޯންގެ އޮފީސް ފަޅާލައި އެ އޮފީހުން ލެޕްޓޮޕްތަކެއް ވަގަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ވައްކަމުގެ އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ހެނދުނު ކަމަށާއި އެ އޮފީހުން ތިން ލެޕްޓޮޕް ވަގަށް ގެންގޮސްފައިވާއިރު ތުހުމަތަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
އެ އޮފީސް ފަޅާލައިފައިވަނީ ކިހިނެއް ކަމަށް ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.
އެސްޓްރަބޯންގެ އޮފީހުން ވައްކަންކުރާ މަންޒަރުގެ ސީސީޓީވީ ފުޓޭޖް އާންމުކޮށްފައިވާއިރު ވައްކަން ކުރި މީހާގެ މޫނު ވަރަށް ރީއްޗަށް ފެނެ އެވެ.