ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސަންގެލިން މިހާތަނަށް 102 މީހަކު ޕޮޒިޓިވް

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން އިތުރު ބަޔަކު ޕޮޒިޓިވްވެ އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 102 އަށް އަރައިފި އެވެ.

ގިނަ ރިސޯޓްތަކެއްގައި ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާއިރު ސަންގެލި ރިސޯޓަކީ އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ރިސޯޓެވެ.

އެ ރިސޯޓުން މިހާތަނަށް 102 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މި މަހުގެ ހަތަރުވަނަ ދުވަހު މީހަކު އަދި ހަވަނަ ދުވަހު ތިން މީހަކަށް ބަލި ޖެހިފައިވެއެވެ. ސަންގެލިން ފުރަތަމަ ކޭސް ފެނުނީ މިދިޔަ މަހުގެ ތިންވަނަ ދުވަހު އެވެ، އެއީ ބިދޭސީ މުވައްޒިފެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހެދުނު ޕީސީއާރު ޓެސްޓް ޕޮޒިޓިވް ވެގެންނެވެ. ސަންގެލި ރިސޯޓްގައި ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް އެކި ދުވަސްމަތިން ގިނަ ސާމްޕަލްތަކެއް ވަނީ ނަގާފައެވެ.

ރިސޯޓްތަކުގައި ޕޮޒިޓިވް ކޭސްތަކެއް

  • ސަން ޝިޔާމްގެ އިރުވެލިން 12 މީހަކު ޕޮޒިޓިވް
  • ކޮންސްޓެންސް މޫފުށިން 8 މީހަކު ޕޮޒިޓިވް
  • ރެސިޑެންސް މޯލްޑިވްސްއިން 20 މީހަކު ޕޮޒިޓިވް
  • އަނަންތަރާ ކިހާވަށް ރިސޯޓުން 86 މީހަކު ޕޮޒިޓިވް