ކޮންސްޓެންސް މޫފުށި ރިސޯޓުން 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެ ރިސޯޓުން 8 މީހަކު ޕޮޒިޓިވްވެފައިވަނީ މިއަދު އެވެ. ގިނަ ރިސޯޓްތަކަކުން ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު ކޮވިޑް ބަލީގެ އެންމެ ގިނަ ބަޔަކު ތިބީ ސަންގެލި ރިސޯޓްގައެވެ. އެ ރިސޯޓްގައި 102 މީހަކު އެބަތިއްބެވެ. ބ. އަނަންތަރާ ކިހަވަށް ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 86 އަށް އަރާފައިވާއިރު ރެސިޑެންސް މޯލްޑިވްސްއިން 20 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
އަދި ސަން ޝިޔާމްގެ އިރުވެލިން 12 މީހަކު ޕޮޒިޓިވް ޕޮޒިޓިވްވެފައިވެއެވެ.
އަނަންތަރާ ކިހަވަށް ރިސޯޓުން ގިނަ ބަޔަކު ޕޮޒިޓިވްވެ އެ ރިސޯޓް މިހާރު ވަނީ ބަންދުވެސް ކޮށްފައެވެ. ފުރާ ޓުއަރިސްޓުން ނޫނީ އެ ރިސޯޓުން އިތުރު އެއްވެސް މީހަކު ނުފޭބުމަށް އެޗްޕީއޭ އިން ވަނީ އެ ރިސޯޓަށް އަންގާފަ އެވެ.