ޗެމްޕިއަންސް ލީގް

ލިވަޕޫލް ޖަރުމަނަށް ނޭރުވުމުން މެޗު ހަންގޭރީއަށް

ލިވަޕޫލަށް އެތެރެވާން ޖަރުމަންގެ ކަމާބެހޭ ފަރާތްކުން ހުއްދަ ނުދިނުމުން، ޗެމްޕިއަންސް ލީގްގެ ދެ ވަަނަ ބުރުގައި ލިވަޕޫލާ ދެކޮޅަށް ލައިޕްޒިގް ކުޅެން ހަމަޖެހިފައިވާ މެޗު ހަންގޭރީއަށް ބަދަލު ކޮށްފި އެވެ.

ކޮވިޑް-19 ގެ އާ ވޭރިއަންޓް އެންމެ ބާރަށް ފެތުރެމުންދާ ގައުމަކީ، އިންގުލެންޑެވެ. ކޮވިޑްގެ ޕްރޮޓޮކޯލްގެ ދަށުން ލިވަޕޫލް ޖަރުމަނަށް އެތެރެ ވުމުގެ ހުއްދައެއް ޖަރުމަންގެ ކަމަބޭހޭ ފަރާތްތަކުން ނުދިނެވެ.

މި މަހު 16 ގައި ކުޅޭ މެޗު މިހާރު އޮންނާނީ ހަންގޭރީގެ ބުޑަޕެސްޓްގައި ހުންނަ ފުސްކަސް އެރީނާގަ އެވެ. ޔޫއެފާ އިން ބުނީ މި މައްސަލަ އަށް ހައްލެއް ހޯދުމަށް ލައިޕްޒިގް އާއި ލިވަޕޫލުން ދިން އެއްބާރުލުން ފާހަގަ ކުރާ ކަމަށެވެ. އަދި ހަންގޭރީ ފުޓްބޯލް ފެޑްޜޭޝަނުން މެޗު އެ ގައުމުގައި ހޯސްޓް ކުރަން އެއްބަސްވުމުންވެސް ޔޫއެފާއިން ވަނީ އެކަންވެސް ފާހަގަ ކޮށްފަ އެވެ.

ޖަރުމަންގައި މިހާރު އޮތް ޕްރަޓޮކޯލްގެ ހާލަތު މި މަހު 17 އަށް ހަމައަށް ދެމި އޮންނާނެ އެވެ. އޭގެ ފަހުންވެސް އެ ފިޔަވަޅު ދަމަހައްޓައިފިނަމަ މެންޗެސްޓާ ސިޓީ އާއި ބުރޫޝިއާ މޮންޗެންގުލެޖްބާކް ޖަރުމަންގައި މި މަހު 24 ގައި ކުޅޭ މެޗަށް އަސަރު ކުރާނެ އެވެ. އެހެންވެއްޖެނަމަ އެ މެޗުވެސް އެހެން ގައުމަކަށް ބަދަލު ކުރަން ޖެހޭނެ އެވެ.