އަބްދުﷲ ޝާހިދު

މިނިސްޓަރު ޝާހިދު ބަންގްލަދޭހަށް ވަޑައިގެންފި

Feb 8, 2021

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، ޝާހިދު ބަންގްލަދޭހަށް ވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެންގެ ދައުވަތަކަށް ކަމަށެވެ.

ދެ ދުވަހަށް ޝާހިދު ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރާއެކު ރަސްމީ ބައްދަލުވުންތަކެއް ބާއްވަ ވާނެ އެވެ. މީގެ އިތުރުން އެ ގައުމުގެ ރައީސް އެމްޑީ އަބްދުލް ހާމިދާއި ބޮޑުވަޒީރު ޝެއިހު ހަސީނާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާނެ އެވެ.