ފަލަސްތީނާ އެކު 13 ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުންގެ ނަން ހުށަހަޅައިފި އެވެ.
އެ މަގާމުތަކަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތައް މަޖިލީހުގައި މިއަދު ވަނީ
އިއްވާ އެވެ. އެ ނަންތައް ދިރާސާކޮށް އައްޔަން ކުރާނެ ބޭފުޅެއްގެ ނަން ފާސް ކުރުމަށް ވަނީ އެދިފަ އެވެ.
މިއަދު ފޮނުވި ނަންތައް ބަލައިގަނެ އެ ނަންތައް ދިރާސާ ކުރަން ގައުމީ ސަލާމަތާއި ހާރިޖީ ކޮމެޓީއަށް ވަނީ
ފޮނުވާފަ އެވެ.
ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަނުކުރާ ބޭފުޅުން
އަހުމަދު ލަތީފް: ޔުކްރެއިންގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ ޖަރުމަނުގެ ސަފީރުގެ މަގާމުގައި)
ޑރ. ހުސެއިން ނިޔާޒް: އަޒަރުބެއިޖާންގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ އިންޑިއާގެ ސަފީރުގެ މަގާމުގައި)
އުމަރު އަބްދުއް ރައްޒާގް: އޮސްޓްރޭލިއާ އަދި ދެކުނު އެފްރިކާގެ ސަފީރުކަމަށް (މިހާރު ހުންނެވީ ލަންކާގެ ސަފީރުގެ މަގާމުގައި)
މުހައްމަދު ހަލީލް: ފަލަސްތީނުގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ ސައުދީ ސަފީރުގެ މަގާމުގައި)
މުހައްމަދު ޖިނާހު: ކެމްބޯޑިއާ، ލާއޮސް އަދި ވިއެޓްނާމްގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ ތައިލެންޑްގެ ސަފީރުގެ މަގާމުގައި)
ޑރ. އާސިފް އަހުމަދު: އިޓަލީ، ތުރުކީ އަދި އޮސްޓްރިއާގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ އދ. ގެ ސަފީރުގެ މަގާމުގައި)
އައިމިނަތު ޝަބީން: މިސްރުގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ ޔޫއޭއީގެ ސަފީރުގެ މަގާމުގައި)
އިބްރާހިމް ޝަހީބް: ނިއުޒީލެންޑްގެ ނޮން ރެސިޑެންޓް ސަފީރުކަމަށް (މިހާރު ހުންނެވީ ސިންގަޕޫރުގެ ސަފީރުގެ މަގާމުގައި)