ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އަތުލައިގެންފި އެވެ.
ފުލުހުން މިރޭ ބުނީ ބަނގުރާ ހުރި ކަމަށް ތުހުމަތު ކުރެވިގެން ހުޅުމާލޭގައި ވެހިކަލެއް ހުއްޓުވާ ބަލާ ފާސް ކުރަމުން ގެންދާ ކަމަށެވެ. އެ ވެހިކަލް އޮތް ސަރަހައްދު ބަންދުކޮށް ފުލުހުން ހަރަކާތްތެރިވަމުން ދާއިރު ވެހިކަލްގައި ގިނަ އަދަދެއްގެ ބަނގުރާފުޅިތައް ހުއްޓެވެ.
ފުލުހުން ވަނީ ބަނގުރާ ކޭސްތަކާއި ފުޅިތަކުގެ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ.