ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕްގައި ބޮޑު އޯވަރީ ސިސްޓެއް ނަގައިފި

އޯވަރީގައި އުފެދިފައިވާ އާދަޔާ ހިލާފު ބޮޑު ސިސްޓެއް ޓްރީޓޮޕް ހޮސްޕިޓަލްގައި އޮޕަރޭޝަނެއް ކޮށްގެން ކާމިޔާބު ކަމާއެކު ނަގައިފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ޑިޕާޓްމަންޓުން 13 އަހަރުގެ ކުއްޖެއްގެ ގައިން އެ ސިސްޓު ނެގީ ލެޕަރޮސްކޮޕިކް އޮވޭރިއަން ސިސްޓެކްޓޮމީ އޮޕަރޭޝަނެއް ކޮށްގެނެވެ.

އޮވޭރިއަން ސިސްޓެކްޓޮމީއަކީ އޯވަރީގައި އުފެދޭ ސިސްޓު ނުވަތަ ބައިވަރު ސިސްޓުތަކެއް ނެގުމަށް ކުރާ ސާޖަރީއެކެވެ. ކީހޯލް ޕްރޮސީޖާއެއް މެދުވެރިކޮށް، ތިން ތަނުން 0.5 މިލިމީޓަރަށް ކަފާލައިގެން ބޮޑު ސިސްޓެއް އެ ސާޖަރީގައި ބައިވެރިވި ޓީމުން ވަނީ ނަގައިފަ އެވެ.

"އާއްމުކޮށް ކުރެވޭ އޮޕަރޭޝަންތަކާ ހިލާފަށް މި އޮޕަރޭޝަނަކީ ބަލި މީހާއަށް ބޮޑު ތަދެއް އިހުސާސް ކުރަން ނުޖެހި، އަވަހަށް ރަނގަޅުވެ އާއްމު ދިރިއުޅުން އެންމެ އަވަހަށް އިޔާދަ ކުރެވޭފަދަ އޮޕަރޭޝަނެއް،" އެ އޮޕަރޭޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑރ. ވަރްޝާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އަންހެނުންގެ ހާއްސަ ބަލިތަކަށް ފަރުވާ ދިނުމަށް ކުރާ ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތެރޭގައި ރަހިމު ނެގުމާއި ރަހިމުގައި އުފެދޭ ސިސްޓް އަދި ފައިބްރޮއިޑް ނެގުން ހިމެނެއެވެ. އޭގެ އިތުރުން، ލެޕަރޮސްކޯޕިކް އެންޑޯމެޓްރިއޯސިސް ސަރޖަރީ، ޓިއުބަލް ބްލޮކް ރަގަނޅުކުރަން ހަދާ ހިސްޓެރެކްޓޮޕިކް ކެނޫލޭޝަން، އަދި ޕޮލިޕް ނަގަން ހަދާ ހިސްޓެރޮސްކޯޕީ ވެސް ހިމެނެ އެވެ.

ޓްރީ ޓޮޕްއިން ބުނީ އެ ހޮސްޕިޓަލުން ކުރާ ސާޖަރީތަކާއި ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ކަަމަށެވެ.