ސައުދީ އަަރަބިއްޔާ

ސައުދީގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޔަޣްމޫރު އަވަހާރަވެއްޖެ

Feb 9, 2021
3

ސައުދީ ޓީވީގެ މަޝްހޫރު ޕްރެޒެންޓަރު އަބްދުއްރަހްމާން ޔަޣްމޫރު އަވަހާރަ ވެއްޖެ އެވެ.

އަބްދުއްރަހްމާން ޔަޣްމޫރު އަވަހާރަވެފައި ވަނީ އުމުރުން 85 އަހަރުފުޅުގަ އެވެ. ޔަޣްމޫރުގެ އަޑަކީ މުޅި އަރަބި ދުނިޔޭގައި ވެސް މަޝްހޫރު އަޑެކެވެ. އަދި އެހާމެ މަގުބޫލު ބޭފުޅެކެވެ. ޔަޣުމޫރަކީ ސައުދީ ޓީވީގެ އެންމެ މަޝްހޫރު ޕްރެޒެންޓަރެވެ.

އޭނާ އެންމެ ބޮޑަށް ފާހަގަ ވެގެން ދިޔަައީ ނަމާދު ގަޑީގައި މަސްޖިދުލް ހަރާމްގެ ނަމާދު ނެރޭޓްކުރާ އެނައުންސަރުގެ ގޮތުގަ އެވެ.