ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: އެންޑީއެމްއޭއިން 867.9 މިލިއަން ހަރަދު

Feb 10, 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ ހޭދައިގެ ތެރެއިން، ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިހާތަނަށް 867.9 މިލިއަން ރުފިޔާ ހަރަދު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި "ވީކްލީ ކޮވިޑް-19 ސްޕެންޑިން ރިޕޯޓް" ގައިވާ ގޮތުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެންޑީއެމްއޭ އިންނެވެ. އެ ވުޒާރާގެ ބަޖެޓުން 867.9 މިލިއަން ރުފިޔާ ހޭދަ ކުރިއިރު ހެލްތް މިނިސްޓްރީން 299.6 މިލިއަން ރުފިޔާ އަދި އައިޖީއެމްއެޗުން 89.1 މިލިއަން ރުފިޔާގެ ހޭދައެއް ވަނީ ކޮށްފަ އެވެ. މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް 42.8 މިލިއަން ރުފިޔާ އަދި ނޭޝަނަލް ޕްލޭނިން މިނިސްޓްރީ އަށް 37.3 މިލިއަން ރުފިޔާ ހޭދަކުރިއިރު، ފުލުހުންނަށް 31.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިހާތަނަށް ކޮވިޑް-19 ބަލިން ރައްކާތެރިވުމަށްޓަކައި ބޭނުންވާ މެޝިނަރީ އާއި ތަކެތި ގެންނަން 578.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ކެޕިޓަލް ރިކުއައިމަންޓަށް 200.3 މިލިއަން ރުފިޔާ ހޭދަކުރިރު، އޮޕަރޭޝަނަލް ސާވިސަސް އަށް 185.3 މިލިއަން އަދި ސަބްސިޑީ އާއި އެހީގެ ގޮތުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް 122.8 މިލިއަން ރުފިޔާ ދީފައިވެ އެވެ.

ކޮވިޑް-19 ސްޕެންޑިން ރިޕޯޓުގައިވާ ގޮތުން މިހާތަނަށް ހެލްތް ސްޕެންޑިންގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އަދި އިކޮނޮމިކް ސްޕެންޑިންއަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.