ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަޖިލިސް އިދާރާގައި އާމުންނަށް ވެކްސިން ދެނީ

ރައްޔިތުންގެ މަޖިލިސް ކުރާގޭގެ އިދާރާގައި މިއަދު ކޮވިޑް ވެކްސިން ދޭން ފަށައިފި އެވެ.

މަޖިލީހުން ބުނީ، އެޗްޕީއޭ އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން އާމުންނަށް އެ އިދާރާގައި ވެކްސިން ދިނުމުގެ އެންމެހާ ކަންކަން ހަމަޖައްސައި ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ. އެ އިދާރާގައި ވެކްސިން ޖެހުން ކުރިޔަށް ދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްހެ ހެނދުނު 8:00 އިން 6:00 އަށް ކަމަށް މަޖިލީހުން ބުންޏެވެ.

މާލެ ސަރަހައްދުގައި ސޯޝަލް ސެންޓަރާއި އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުން މިހާރު ވެސް ދަނީ ވެކްސިން ދެމުން ނެވެ.

މިހާތަނަށް ރާއްޖެއިން 16،251 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެތެރެއިން އަތޮޅުތެރެއިން 2.833 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ. މިހާރުވެސް ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން ޕޯޓަލްގައި ރެޖިސްޓްރީ ވުމަށް ވަނީ ހުޅުވާލާފަ އެވެ.