ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

މަޖިލިސް އިދާރާގައި އާންމުކޮށް ވެކްސިން ފަށައިފި

މަޖިލިސް ކުރާ ގޭގެ އިދާރާގައި ވެކްސިން ދިނުން އާންމުކޮށް ހުޅުވާލައިގެން ފަށައިފި އެވެ.

މަޖިލިސް ކުރާ އިދާރާގައި ގާއިމުކޮށްފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގެ ވެކްސިން ސެންޓަރެކެވެ. ކުރިން އެތަނުގައި ވެކްސިން ދެމުން އައީ އެޗްޕީއޭއިން އޭޑިކޭއާއި ހަވާލުކުރާ ހާއްސަ ލިސްޓެއްގައިވާ މީހުންނަށެވެ. ނަމަވެސް މިހާރު އެ ސެންޓަރު އާންމުކޮށް ވަނީ ހުޅުވާލާފަ އެވެ.

އެހެން ސެންޓަރުތަކުގައި ވެސް ވެކްސިން ޖަހައިދޭ އުސޫލުން މިއަދުން ފެށިގެން އެ އިދާރާގައި ވެކްސިން ދޭނެ އެވެ. ވެކްސިން ދޭނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. މިއަދު ވެކްސިން ދޭނީ 30 އަހަރުން މަތީގެ ހުރިހާ އެންމެންނަށާއި، 18 އަހަރާއި 30 އަހަރާ ދެމެދުގެ ހައި ރިސްކް މީހުނަށެވެ.