މާލެ ސަރަހައްދުގައި ދިރިއުޅޭ 45 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންނަށް މިއަދު ވެކްސިން ދޭން ފަށައިފި އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ވެކްސިން ދޭނީ އެ އުމުރުފުރާގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ކުރަމުން އަންނަ މީހުންނަށް އެކަނި ކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންނާއި، އެބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ހަމަނުވާ މީހުންގެ އިތުރުން ހަކުރުބަލި ހުންނަ މީހުނާއި، ހިތުގެބަލިތައް ހުންނަ މީހުނާއި، ސްޓްރޯކް ޖެހުން ފަދަ ބައްޔެއްގައި އުޅޭ މީހުނާއި، ކިޑްނީބަލިތަކުގެ މީހުނާއި ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީ ބާރުދަށް ވެފައިވާ މީހުނެވެ.
އަދި ދިގުމުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުނާއި އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަންމަތި މީހުނާއި ތެލެސީމިއާ / ސިކްލްސެލް އެނީމިއާ ހުންނަ މީހުން ވެސް ހިމެނެ އެވެ.
މީގެއިތުރުން 55 އަހަރުން މަތީގެ މީހުންނަށް ވެސް މިއަދު ވެކްސިން ޖަހައިދޭނެ އެވެ.
މި އުމުރުގެ މީހުނަށް ސޯޝަލް ސެންޓަރުގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރާއި، ހުޅުމާލެ ވެކްސިން ސެންޓަރު އަދި ވިލިމާލެ ޔޫތު ސެންޓަރުގައި ވަނީ ވެކްސިން ދޭނަ ފަށައިފަ އެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 ވެކްސިން ޖަހައިދޭނެ އެވެ.