މަރުތައް ތަހުގީގު ކުރާ ކޮމިޝަން

މިސްބާހާއި ނިޒާރު ތަލިބާނުންނާ ގުޅުން އޮއްތޯ ބަލަން އަންގައިފި

ވީނުވީއެއް ނޭނގި ގެއްލިފައިވާ އަދި މަރާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ މަރު ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް އަދި ކައުންޓާ ޓެރަރިޒަމް ބޯޑުގެ މެމްބަރު ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަލީ ނަޒީރު އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ތަލިބާނުންގެ ޖަމާއަތާ އެއްވެސް ގުޅުމެއް އޮތްތޯ ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.

މިއަދުގެ މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިސްބާހުއާއި އަލީ ނަޒީރު ތަލިބާނުންނާއެކު ޓެރެއިނިން ހެދިކަމަށް ދެކެވޭ ވާހަކަ ތައް ބަލަން ޖެހޭ ކަމަށެވެ.

ޝިޔާމްގެ ތުހުމަތުތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޝިޔާމް ފާހަގަކުރެއްވީ މުހިންމު މައްސަލައެއްް ކަަމަށާއި އަދި އެކަން ހިނގައިދިޔަ ގޮތް ބައްލަވާނެ ކަަމަށެވެ.

" އަޅުގަނޑުމެން އަމީން އާންމަށް ދަންނަވައިފިން ދައުލަތުގެ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ލިޔެގެން އެ ދެބޭފުޅުންނަކީ ތިޔަ ވިދާޅުވި ބާވަތުގެ ތަމްރީނެއްގައި ނުވަތަ ތިޔަ ވިދާޅުވި ބާވަތުގެ ވިސްނުމަށް ލެނބިވަޑައިގެން ދެބޭފުޅުންތޯ ބަލަން. އަޅުގަނޑު ހިތުން [އެކަން] ސާފުކުރުމަކީ މި މަޖިލިހުން ކުރަން ޖެހޭނެ ކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ