ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މައުމޫން އަބްދުލްގައްޔޫމް

ރައީސް މައުމޫން ވެކްސިން ޖައްސަވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގާއްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކޮވިޑް-19 އިގެ ވެކްސިން ޖައްސަވައިފި އެވެ.

ރައީސް މައުމޫނުގެ ދެކަނބަލުން ކޮވިޑް ވެކްސިން ޖެއްސެވީ ސެނެހިޔާ ހޮސްޕިޓަލުގަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި އެޑްމިޓްވެސް ކުރެއްވި އެވެ. އެހެން ނަމަވެސް އެފަހަރު އެ ބަލީގައި އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ވެފައެއް ނުވެއެވެ.

މިއަދު މާލެ ސަރަހައްދުގައި 45 އަހަރާއި 55 އަހަރާއި ދެމެދުގެ ހައި ރިސްކް މީހުންނަށް ވެކްސިން ޖަހަން ވަނީ ފަށާފަ އެވެ. އަދި 55 މަތީގެ މީހުންނަށް ވެސް ދަނީޫ މިއަދު ވެކްސިން ޖަހައި ދެމުންނެވެ.

ރައީސް މައުމޫނުގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ދެކަނބަލުން ވެސް ވަނީ މި ހަފްތާ ތެރޭ ކޮވިޑް ވެކްސިން ޖައްސަވާފަ އެވެ.