ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރައީސް ޔާމީންގެ މަންމާފުޅަށް ކޮވިޑް ޖެހިގެން ފަރުވާ ދެނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަންމާފުޅަށް ކޮވިޑް ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ މަންމާފުޅު، އުމުރުފުޅުން 83 އަހަރުގެ ފާތުމަތު ހަސަން އަށް ކޮވިޑް ޖެހި ލަންކާ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ޔާމީންގެ މަންމާފުޅު ދިރިއުޅުއް ވަނީ ދަރިކަނބަލުން މުސްލިމާ އަބްދުލް ގައްޔޫމްގެ އަރިހުގައި އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގަ އެވެ. އެކަމަނާއަކީ ނ. ވެލިދޫއަށް ނިސްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ރައީސް ޔާމީންގެ މަންމާފުޅުގެ އާލަސްކާންފުޅު ބޮޑު އެކަމަނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މީގެ ކުރިންވެސް ފަރުވާ ދީފައިވެއެވެ. ރައީސް ޔާމީންގެ މަންމާފުޅުގެ ތިއްބަވަނީ ރައީސާއެކު ހަ ބޭފުޅުންނެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ.