ވިޔަފާރި

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި

Feb 11, 2021

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ސޭލް ކަމަށްވާ "އެސްޓިއޯ ރަމަޒާން ބާޒާރު" ފަށައިފި އެވެ.

އެސްޓީއޯގައި މިއަދު ފެށި ޕްރޮމޯޝަން އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރި އަށް ދާނެ އެވެ.

މި ޕްރޮމޯޝަންގައި އަގު ހުރި ގިނަ އިނާމު ތަކެއް ވެސް ދޭނެ އެވެ. ގްރޭންޑް ޕްރައިޒަސްގެ ގޮތުގައި ޕެކޭޖް ތަކެއް ދޭނެ އެވެ.

އެއްވަނަ އިނާމަކަށް ލިބޭނީ

  • ފިލިޕްސް އެލްއީޑީ ޓީވީ 55 އިންޗީގެ
  • ހިޓާޗީ ފްރިޖް
  • ޓެކްނޯ ދޮންނަ މެޝިން
  • ފިލިޕްސް ސައުންޑް ބަރާ
  • ސެންފޯޑް އަވަން

ދެވަނައަށް ދޭ އިނާމް ތަކަކީ

  • ފިލިޕްސް އެލްއީޑީ ޓީވީ 55 އިންޗީގެ
  • ހިޓާޗީ ފްރިޖް
  • ހިޓާޗީ ވެކިއުމް ކްލީނާ
  • ކުކާ

ތިންވަނަ އިނާމް

  • އޭއޯސީ ސްމާޓް ޓީވީ 43 އިންޗި
  • ހިޓާޗީ ދޮންނަ މެޝިން
  • ހިޓާޗީ ވެކިއުމް ކްލީނަރ
  • މީގެ އިތުރުން ހިޓާޗީން 20 ޕަސެންޓާ ހަމަ

ބޮޑު މި ބާޒާރުގައި މީގެ އިތުރުން ހިޓާޗީގެ ޕްރޮޑަކްޓަތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓެއް ދޭނެ އެވެ. އަދި ނިޕޯން ކުލައިން 15 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ޓީވީތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

އެސްޓީއޯ އިން ބުނީ ރަމަޒާން ބާޒާރަށް ފަހު މަކީޓާ ޕްރޮމޯޝަން މާޗު މަހު ފެށޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ހޯމް އިމްޕްރޫވްމެންޓްގެ އައިޓަމްތައް އީ-ސްޓޯ އިން ގަތުމުން ޑެލިވަރީ ކޮށްދޭނެ އެވެ. އަދި ކުރިން ޑެލިވަކޮށް ދެނީ ސުޕަމާޓުގެ އައިޓަމްތަކާއި ހޯމް އިމްޕްރޫވްމަންޓުން ގަންނަ ފްރިޖް ދޮންނަ މެޝިން ފަދަ ތަކެއްޗެވެ.

މި ސޭލްގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ ހޯމް އިމްރޫވްމަންޓުން ނަމަ 1،000 ރުފިޔާ އިން މަތީގެ ވިޔަފާރި ކުރުމުންނެވެ. އަދި ސުޕަމާޓުން ނަމަ 500 ރުފިޔާގެ ވިޔަފާރި ކުރުމުން ބައިވެރިވެވޭނެ އެވެ.

އެ ކުންފުނިން ވަނީ މި ޕްރޮމޯޝަންއާ ގުޅިގެން ފްރޯޑްތަކާއި އޮޅުވާލުންތަކަށް ސަމާލުވާން ވެސް އެދިފަ އެވެ. އެގޮތުން ލަކީޑްރޯ ކުރި އަށްދާއިރު ނުވަތަ ނިމުމަށް ފަހު ވެސް އާއްމުންނަށް ދޭން އެ ކުންފުނީގެ މުވައްޒަފެއްގެ މޮބައިލް ނަމްބަރަކުން ނުކުޅާނެ ކަމަށެވެ. އަދި ގުލައި ބޭންކް އެކައުންޓް ނަމްބަރު ނޫނީ ކޭޝްކާޑު ނަމްބަރު ހޯދަން ނާހާނެކަން އެ ކުންފުނިން ބުނެފައިވެ އެވެ.