ހަބަރު

ހަސަން ލަތީފަށް ނަޝީދާ ބައްދަލުނުވާ ގޮތް ހެދުން ގާނޫނާހިލާފު: އެމްޑީޕީ

Oct 28, 2015
ހަސަން ލަތީފު (ވ) ގައި: އެއް މަސް ދުވަސް ވަންދެން ރައީސް ނަޝީދާ ބައްދަލެއް ނުކުރެވޭނެ -- އަވަސް ފައިލް ފޮޓޯ
0%
0%
0%

އެއް މަސް ދުވަސް ވަންދެން ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފަށް ރައީސް ނަޝީދާ ބައްދަލު ނުކުރެވޭ ގޮތަށް ހޯމް މިނިސްޓަރު ނިންމެވި ނިންމެވުމަކީ ގާނޫނާ ހިލާފު ނިންމެވުމެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

މި ފިޔަވަޅާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަކީލު ހަސަން ލަތީފަށް ރައީސް ނަޝީދާ ބައްދަލުނުކުރެވޭނެ ކަމަށް ނިންމި އެކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރަށް ގާނޫނީ އެއްވެސް ބާރެއް ނެތި ކަމަށާއި އެއީ އެކަމަނިކުފާނުގެ މިސްޓަރު ކަމުގެ މަގާމު ނަހަމަގޮތުގައި ބޭނުންކުރެއްވުން ކަމަށެވެ.

"ޤާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބަލައި ފިޔަވަޅު އެޅުމަށް ވަކި ހާއްސަ ފަރާތެއްވާއިރު، އެފަރާތުގެ އިހްތިސޯސްގެ ތެރެއަށް ހޯމް މިނިސްޓަރު ވަދެވަޑައިގަތުމަކީ ކަންބޮޑުވާކަމެކެވެ. އަދި އެއީ މި މުޅި ދައުލަތް ނުރަނގަޅަށް ހިނގަމުންދާކަން ހާމަވާ ކަމެކެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ. "އެހެންކަމުން މި ނިންމުން އަނބުރައި ގެންދަވައި ގާނޫނު އަސާސީގައި ބަޔާން ކުރާ ފަދައިން ރައީސް މުޙައްމަދު ނަޝީދު އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާ އެއްވެސް ހުރަހެއް ނެތި ބައްދަލުކުރެވޭނެ ގޮތް ހެެއްދެވުމަށް ސަރުކާރަށް ގޮވާލަމެވެ،"

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910