ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

18 އަހަރުން މަތީ ހައިރިސްކް މީހުނަށް ވެކްސިން ފަށައިފި

އުމުރުން 18 އަހަރުން މަތީގެ ބަލި މީހުންނަށް މިއަދު ކޮވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.

މިއަދު ވެކްސިން ދޭން ފަށައިފައި ވަނީ 18 އަހަރާއި 55 އަހަރާއި ދެމެދުގެ ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުނަށެވެ. މީގެ އިތުރުން 55 އަހަރުން މަތީގެ މީހުންނަށް ވެސް މިއަދު ވެކްސިން ދޭނެ އެވެ.

ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުންގެ ތެރޭގައި ތެރޭގައި ހިމެނެނީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންނާއި އެ ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ހަމަނުވާ މީހުންގެ އިތުރުން ހަކުރުބަލި ހުންނަ މީހުނާއި ހިތުގެބަލިތައް ހުންނަ މީހުނާއި ސްޓްރޯކް ޖެހުން ފަދަ ބައްޔެއްގައި އުޅޭ މީހުނާއި ކިޑްނީބަލިތަކުގެ މީހުނާއި ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީ ބާރުދަށް ވެފައިވާ މީހުނެވެ.

އަދި ދިގުމުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުނާއި އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަންމަތި މީހުނާއި ތެލެސީމިއާ / ސިކްލްސެލް އެނީމިއާ ހުންނަ މީހުން ވެސް ހިމެނެ އެވެ.

މި އުމުރުގެ މީހުން ސޯޝަލް ސެންޓަރުގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރަށާއި ހުޅުމާލެ ވެކްސިން ސެންޓަރަށާއި އިސްލާމީ މަރުކަޒުގައި ހުންނަ ވެކްސިން ދޭ ސެންޓަރު އަދި ވިލިމާލެ ޔޫތު ސެންޓަރަށް ދިއުމަށް ވަނީ އެދިފައެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 ވެކްސިން ޖަހައިދޭނެ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށިފަހުން މިހާތަނަށް 27،000 ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.