ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"އަތޮޅުތެރޭ ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރު ފެއިލް"

އަތޮޅުތެރޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ފެއިލް ވެފައިވާ ކަަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަތޮޅުތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ފުރުސަތު ލިބުނު ނަމަވެސް އެކަން ކުރުމަށް ސަރުކާރު ފެއިލް ވެފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެކި ނަންނަމުގައި ޕްރޮޖެކްޓްތަކާއި ކޯސްފަދަ ކަންކަން ހިންގުމަށް މާލެއިން އަތޮޅުތެރެއަށް މީހުން ފޮނުވީ އެޗްޕީއޭގެ ހާއްސަ ހުއްދަ ލިބިގެން ކަމަށެވެ.

"އެކި ނަންނަމުގައި ޕްރޮޖެކްޓްތައް/ކޯސްތައް ހިންގަން ދިޔައީ އެޗްޕީއޭގެ ލައިސަންސްގައި. މިފެންނަނީ އެމްޑީޕީ ކައުންސިލަރުން ތިބި ބޮޑު 2ސިޓީގައި ޖެހި ސަކަރާތުގެ ނަތީޖާ. ޕްލޭނެއް ރޭވުންތެރިކަމެއްވެސް ނެތް." އެމަނިކުފާނު ވިދާޅުވި އެވެ.

ޑރ. ޖަމީލް އިޝާރާތް ކުރެއްވީ އައްޑޫ ސިޓީ އާއި ފުވައްމުކަު ސިޓީގައި މިހާރު ޕްޒިޓިވްވެފައިވާ ކޭސްތަކަށެވެ.

އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާގައި މިހާރު 32 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެޗްއީއޯސީން ރޭ ބުނީ ހިތަދޫ ކްލަސްޓާއާ ގުޅުންހުރި 338 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހައިރިސްކު 100 މީހަކު ހިމެނެއެވެ. .

ފުވައްމުލަކުގައި ވެސް ކޮވިޑްގެ ހާލަތު ގޯސްވެ މިހާތަނަށް 14 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މި ދެ ސިޓީ ވެސް މިހާރު އެޗްޕީއޭ އިން ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.