ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އިންޓާކޮންޓިނެންޓަލް މޯލްޑިވަސް މާމުނަގައު ރިސޯޓުން ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން އެމްއެންޑީއެފްގެ ނޯތް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އެއީ އަންހެން ފަތުރުވެރިއެކެވެ. އޭނާ ސްނޯކްލިންއަށް ދިޔައީ އެކަންޏެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ ނުވަޖަހާ އެހާކަންހާއިރު އެވެ. އޭނާ ލައިގެން ހުރީ ރަތް ކުލައިގެ ހެދުމެކެވެ.