ކަނޑުމަތީގެ ހާދިސާ

ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ

ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް ސިފައިން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެކެވެ.

ސިފައިންގޭން ބުނީ އެ ފަތުރުވެރިޔާއަކީ އަންހެނެއް ކަމަށާއި، އޭނާ ސްނޯކްލިންއަށް ދިޔައީ އެކަނި ކަމަށެވެ. އޭނާ ގެއްލުނުތާ މިހާރު މިވަނީ 12 ގަޑިއިރަށްވުރެ ގިނައިރު ވެފައެވެ. އެކަން ރިޕޯޓްކޮށްފައި ވަނީ ރޭ 20:58 ގައެވެ.

އެ އަންހެން މީހާ ސްނޯކްލިންއަށް ދިޔައިރު ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެކެވެ. ސިފައިންގެ ޑައިވަރުން މިހާރުވެސް ދަނީ އެ މީހާ ފެނޭތޯ ހޯދަމުންނެވެ.