ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިން ލޭގެ ކެންސަރާއި ގުޅުމެއް ނެތް

ކޮވިޑް-19 އިން އަރައިގަތުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން މި ބައްޔަށް ވެކްސިނެއް ލިބުން މިއީ މުޅި ދުނިޔެއަށް އަލުން ނޭވާ ލެވުނެވެ. ސަލާމަތުގެ އައްސޭރިއަކަށް ދެވިދާނެ ކަން އަދި އުއްމީދު އާވިއެވެ. މުޅި ދުނިޔޭގެ ހިސާބުތަކަށް ބަލާއިރު މި ބަލީގައި 108 މިލިއަން މީހުން އަށް ޖެހިފައިވާ އިރު މި ބަލީގައި 2.39 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.

މި ބަލިން އަރައިގަތުމަށް އޮތް ގޮތަކީ ދުނިޔޭގެ ބޮޑު ބައެއް ބަލިން ދިފާއުވުމަށް ވެކްސިންއެއް ޖެހުމެވެ. މީގެ ކުރިންވެސް ގައިން ގަޔަށް އަރާ ބަލިތަކާއި ދެކޮޅަށް ދުނިޔެ ވަނީ ވެކްސިން އުފައްދާ އެ ބަލިތަކުން އަރައިގަނެވިފައެވެ. ރާއްޖޭގައިވެސް މިކަމުން މިސާލު ދައްކާފައެވެ.

ކޮވިޑް-19ގެ ވެކްސިން އާއި ގުޅޭ ވަރަށް ގިނަ ވާހަކަތައް އެކި ފަރާތްތަކުން ދައްކަމުން އަންނަ މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން ޒިންމާދާރު ކުޑަގޮތަކަށް ވެކްސިން އާއި ގުޅޭ ގޮތުން ވާހަކަ ދައްކައެވެ. އަދި މި ކަމުގެ ސަބަބުން ވެކްސިން އާއި މެދު މީހުންގެ މެދުގައި ހިތް ނުތަނަވަސްކަން އުފެދި އިތުބާރު ދަށްވެއެވެ.

މިގޮތުން މިދުސްކޮޅު ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ކޮވިޑް-19 ވެކްސިންގެ ސަބަބުން ލޭގެ ކެންސަރުޖެހުމަށް މެދުވެރިވާ ކަމަށެވެ. އެހެންނަމަވެސް، ޑޮކްޓަރުން ދަނީ މި ކަމާއި ދެކޮޅަށް އެމީހުންގެ އަޑުއުފުލަމުންނެވެ.

ޑރ. މުހައްމަދު ޝިފާން، ރާއްޖޭގެ ފުރަތަމަ ސާރޖިކަލް އޮންކޮލޮޖިސްޓް މި ކަމާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ ލޭގެ ކެންސަރަަކީ ކޮވިޑް ވެކްސިންގެ ނޭދެވޭ އަސަރެއް ނޫނީ ސައިޑް އިފެކްޓެއް ކަމަށް އެއްވެސް ދިރާސާއަކުން މިހާތަނަަށް ދައްކާފައެއް ނުވާ ކަމަށެވެ.

"މިއަދާ ހަމައަށް 70 އަށް ވުރެގިނަ ގައުމުގައި 165 މިލިއަނަށް ވުރެގިނަ ކޮވިޑް ވެކްސިން ޑޯސްވަނީ ދީފައި. ރާއްޖޭގައި ވެސް ދެމުން އަންނަ ވެކްސިން (އަސްޓްރާ ޒެނެކާ-އޮކްސްފޯޑް) ވަނީ 7 މިލިއަންށް ވުރެ ގިނަ މީހުން އިންޑިޔާގައި ޖަހާފައި.

އަދި އިނގިރޭސިވިލާތުގައި ވެސް މި ވެކްސިން 5 މިލިއަނަށް ވުރެ ގިނަމީހުންނަށް ޖަހާފައެވެ.
އަދި ތަކުރާރުކޮށް ދަނީ ފެންނަ ނޭދެވޭ އަސަރުތައް ސައިންޓިފިކްޖާނަލް ތަކުގައި ޝާއިއު ކުރަމުން.
ލޭގެ ކެންސަރަކީ މިވެކްސިން ގެ ނޭދެ ވޭ އަސަރެއް ނޫނީ ސައިޑް އިފެކްޓެއް ކަމަށް އެއްވެސް ދިރާސާއަކުން މިހާތަނަށް ދައްކާފައެއް ނުވޭ. ،ހިމޯލިޓޮކް އެނީމިއާ އަކީ ލޭގެ ކެންސަރެއް ނޫނެވެ. އަދި ލޭގެ ކެންސަރ އާ ގާތްކުރާފަދަ ބައްޔެއްވެސް ނޫން. މައުލޫމާތުފޯރު ކޮށްދިނުމުގައި ސައްހަ، ދިރާސީ މައުލޫމާތައް ބުރަވުން އެންމެ މުހިއްމު ދެކެން. ސައްހަ ނޫން މައުލޫމާތު ފަތުރާ ފަރާތް ތަކަށް ފިޔަވަޅު އަޅަން ގޮވާލަން" ކަމުގައެވެ.

ޑރ. ޝިފާން އަވަސް އޮންލައިން އަށް އިތުރަށް ވިދާޅުވީ " ހީމޮލިސިސް ގެ މާނައަީ ހަށިގަނޑުގެ ހުންނަ ރެޑް ބްލަޑް ސެލްސް ހަލާކުވުން. އަދި އެނީމިއާ މެދުވެރިވަނީ ލޭގައި އޮކްސިޖަން އުފުލުމުގެ ބާރު ކުޑަވާތީ. ލޭގެ ކެންސަރާއި ހިލާފަށް މިއީ ކޮންޓްރޯލް ކުރެވޭ ބައްޔެއް. ކެންސަރާއި މި ބަލި ތަފާތު ވަނީ ކެންސަރަކީ ހަށިގަނޑުގެ ހުންނަ ބްލަޑް ސެލްތައް އާދަޔާ ހިލާފަށް ކޮންޓްރޯލްވުމެއް ނެތި ގިނަވުމުން.

ވެކްސިން ޖެހުމުން އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކެއް ހުރެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވައިރަހާއި ދެކޮޅަށް މަސައްކައް ކުރާތީ ދިމާވާ ކަންކަމެވެ. މިގޮތުން ވެކްސިންގެ ސައިޑް އިފެކްޓްތައް އޭޑީކޭ ހޮސްޕިޓަލްގެ އެތެރެހަށީގެ ޑޮކްޓަރެއް ކަމުގައިވާ ޑރ. ނަޝީދާ ސައީދު ވަރަށް ސާފުކޮށް ކިޔާދެއްވައެވެ.

ވެކްސިންއަށް ފަހު އާޢްމުކޮށް ފެންނަ އަލާމަތް ތަކުގެ ތެރޭގައި ވެކްސިން ޖެހިތަނަށް ތަދުވެ، ދުޅަވެ، ރަތްވެ ނޫފައިގެންފާނެއެވެ. އަދި ވެކްސިންއަށް ފަހު ވަރުބަލިވެ، ހުންއައިސް ހުން ވައްތަރުވެފައި ހުރެދާނެއެވެ. ގައިގައި ރިއްސާ، ހުޅުހުޅުގައި ރިއްސާ ބޮލުގައި ރިއްސާ މޭ ނުބައި ކޮށްފާނެއެވެ. މި ފަދަ ކަންތައް ދިގުލައިގެން ދާނެ ކަމެއް ނޫނެވެ.

އަދި މިގޮތަށް މިކަން ދިމާވާ ނަމަ ޕެރެސެޓެމޯލް ބޭނުން ކުރައްވާ، ގިނައިން ދިޔާތަކެތި ބޭނުން ކުރައްވާ އަރާމު ކުރެއްވުމަށް ޑރ. ނަޝީދާ ސައީދު ލަފާދެއްވައެވެ.