މަސްތުވާތަކެތި

ރެޕް އާޓިސްޓް ޕެސްޓް، ޑްރަގާއެކު ހައްޔަރުކޮށްފި

ރާއްޖޭގެ މަޝްހޫރު ރެޕް އާޓިސްޓް އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) ގިނަ އަދަދެއްގެ ޑްރަގާއެކު ހައްޔަރުކޮށްފި އެވެ. ޕެސްޓް ހައްޔަރުކޮށްފައި ވަނީ 2.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ ވެސް އެކު އެވެ.

ޕެސްޓް ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އޭނާއާއެކީ އިތުރު ތިން މީހަކު ވެސް ފުލުހުންގެ ހައްޔަރަށް ގެންދިޔަ އެވެ.

ޕެސްޓަކީ ސިމްބޮލިކް ރިކޯޑްސްގެ ލަވަކިޔުންތެރިއެކެވެ. މިހާތަނަށް ގިނަ ރެޕް ލަވަތަކެއް ކިޔާފައިވާ ޕެސްޓަކީ ރާއްޖޭގެ "ރެޕް ކިންގް" ގެ ނަމުން މަޝްހޫރުވެފައިވާ މީހެކެވެ.