އިއްޒުއްދީން ސްކޫލް

އިއްޒުއްދީން ސްކޫލްގެ ލީޑިން ޓީޗަރުންތަކެއް ޒިންމާތަކުން ވަކިވެއްޖެ

ކުރީގެ އެމްއީއެސް އިމާރާތުގައިި މިދިޔަ އަހަރު ހުޅުވި އިއްޒުއްދީން ސްކޫލްގެ މަސައްކަތް ކުރާ ލީޑިން ޓީޗަރުންތަކެއް ޒިންމާތަކުން ވަކިވެއްޖެ އެވެ.

މާލޭގައި ހަމައެކަނި އެއް ދަންފަޅިއަށް ކިޔަވައި ދެމުން ގެންދާ އިއްޒުއްދީން ސްކޫލްގައި ގްރޭޑް އެކަކުން މަތީގެ ގްރޭޑްތައް ބަލަހައްޓަން ފަސް ލީޑިން ޓީޗަރުން ތިބެ އެވެ. އޭގެ ތެރެއިން މިއަދު ޒިންމާތައް ދޫކޮށްލީ ހަތަރު ޓީޗަރުން ނެވެ.

އަވަސް އެނގިފައިވާ ގޮތުގައި ޓީޗަރުން ޒިންމާތަކުން ވަކިވީ އެ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރާ ދޭތެރެ އުފެދިފައިވާ ހިތްހަމަނުޖެހުންތަކާ ގުޅިގެން ނެވެ. މީގެ ކުރިންވެސް އެ ޓީޗަރުން ވަނީ ޕްރިންސިޕަލްއާ ދޭތެރޭ ހިތްހަމަ ނުޖެހޭތީ އެޑިއުކޭޝަން މިނިސްޓްރީގައި ޝަކުވާކޮށްފަ އެވެ.

ޓީޗަރުން ޒިންމާތައް ދޫކޮށްލި މައްސަލައިގައި އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ފޯނަށް ޖަވާބު ނުދޭތީ ބަހެއް ނުލިބުނެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއްވެސް މިހާތަނަށް ނުލިބެއެވެ.