އިދިކޮޅު ފަރާތްތައް

އިދިކޮޅު އެއްވުމުން 13 މީހަކު ހައްޔަރުކޮށްފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިލްސިލާ ކޮށް ބާއްވަމުން އެއްވުންތަކުގެ ތެރެއިން މިއަދު ބޭއްވި އެއްވުމުން 13 މީހަކު ހައްޔަރުކޮށްފި އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ އެއްވުންތަކުން މިއަދު ހައްޔަރުކުރި މީހުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އާއި މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު ހިމެނެއެވެ. މީގެ އިތުރުން އެ ކޯލިޝަންގެ ސްޓިއަރިން ކޮމެޓީތަކުގެ ރައީސުންނާއި ބައެއް ނާއިބު ރައީސުންވެސް ހައްޔަރުކޮށްފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އެ ކޯލިޝަންގެ ސިލްސިލާ އެއްވުންތަކާއި އިހުތިޖާޖުތަކަކީ ސުލްހަވެރި އިހުތިޖާޖުތަކެއް ކަމަށެވެ. އިހުތިޖާޖުތައް ކުރިއަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަަމަށްވެސް ބުންޏެވެ. މިހާރު ކުރިއަށްދާ އެއްވުންތައް ލީޑު ކުރަނީ މިއަދު ހައްޔަރުކުރި ކުރީގެ މެންބަރު މުހައްމަދު އިސްމާއީލެވެ.