ދުނިޔެ

ނޭޕާލްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިހާބުކޮށްފި

Oct 29, 2015

ނޭޕާލްގައި ފުރަތަމަ ފަހަރަށް ރައީސަކަށް އަންހެން ބޭފުޅަކު އިންތިހާބުކޮށްފި އެވެ. ނޭޕާލްގެ ރައީސްގެ މަގާމް ވަޑައިގެންނެވީ ބިދިޔާ ދޭވީ ބަންޑާރީ 54، އެވެ.

އެކަމަނާ ކާމިޔާބުކުރެއްވީ ރާމް ބާރަން ޔާދަވްއާ ވާދަކުރައްވައިގެންނެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ބިދިޔާ އަކީ އަންހެނުންގެ ހައްގުތައް ދިފާއުކުރުމަށް އަޑުއުފުއްލަވަމުން ގެންދަވާ ބޭފުޅެކެވެ. ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓްގައި ބިދިޔާ ދޭވީ އަށް 327 މެންބަރުންގެ ތާއީދު ލިބިވަޑައިގެންނެވި އިރު ރާމް ބާރަން އަށް ލިބިވަޑައިގަތީ 214 ވޯޓެވެ.

އެކަމަނާއަކީ ކޮމިއުނިސްޓް ޕާޓީގެ ނައިބު ރައީސްގެ އިތުރުން 2009 އިން 2011 ވަނަ އަހަރާ ހަމަޔަށް ނޭޕާލްގެ ދިފާއީ ބާރުގެ އިސްވެރިޔާ އެވެ.

ނޭޕާލުގައި ސިޔާސީ ހަމަނުޖެހުންތައް އެންމެ ބޮޑުވި ދުވަސްވަރު 1993 ގައި އެކަމަނާގެ ފިރިކަލުން ވަނީ ނުރައްކާތެރި ކާރު އެކްސިޑެންޑެއްގައި އަވަހާރަވެފަ އެވެ.