ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ކުރިން ދޫކުރި ފާސްތައް ބޭނުމެއް ނުކުރެވޭނެ: ފޮލިސް

މާލެ ސިޓީ ކުރިން ލޮކްޑައުން ކުރި އިރު ދޫކޮށްފައިވާ ފާސްތައް ބައެއް މީހުން ބޭނުން ކުރަމުންދާ ކަމަށާ ނަމަވެސް އެ ފާސް ހިފައިގެން ބޭރުގައި އުޅޭނަމަ ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިއަދު ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 11 އިން ފަތިހު 4:30 އަށް ކާފިއު ހިންގައެވެ.

ފުލުހުން ބުނީ މާލެ ސިޓީ ކުރިން ލޮކްޑައުން ކުރި އިރު ދޫކޮށްފައިވާ ފާސްތައް ބައެއް މީހުން ބޭނުން ކުރަމުންދާ ކަމަށާ ނަމަވެސް އެ ފާސް ހިފައިގެން ބޭރުގައި އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ކުރިން ދޫކޮށްފައިވާ ފާސް މިހާރު ބޭނުން ނުކުރެވޭނެ ކަމަށްވެސް ބުންޏެވެ.

މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުމާއި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ޕޮލިސްގެ ޕާމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދުމަށް ފުލުހުން ވަނީ އެދިފައެވެ. ފުލުހުން ބުނީ މަނާ ގަޑީގައި ހުއްދަ ދެވޭނެ ކަންކަމަކީ އިމާޖެންސީ ކަމެއްގައި ނުވަތަ ޑިއުޓީއަށް ދިއުމަށާ މަސައްކަތަށް ދިއުމާއި އައުމަށް އަދި އެއާޕޯޓް ޓްރާންސްފާ އަދި ކާބޯތަކެތި ޑެލިވާކުރުމަށް ކެފޭ/ރެސްޓޯރެންޓުތަކަށް ކަމަށެވެ.

ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައާއި ކާފިއު ވަގުތު ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް police.gov.mv/permit ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ވަނީ އެދިފައެވެ. ޕޮލިސް ޕާމިޓް ސެންޓާ އަށް ގުޅޭނެ ނަންބަރަކީ 1665 އެވެ.