ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެނދުމަތިވެފައިވާ މީހުންނަށް ވެކްސިން ދެނީ

މާލެ އަދި ވިލިމާލޭގައި ދިރިއުޅޭ އެނދުމަތިވެފައިވާ މީހުންނާއި އެހެންމީހެއްގެ އެހީއާއި ނުލައި ނޫޅެވޭ މީހުންނަށް ވެކްސިން ޖެހުމަށް ނަން ނޯޓުކުރަން ހުޅުވައިލައިފި އެވެ.

އެޗްޕީއޭ އިން ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އެނދުމަތިވެފައިވާ މީހުންނާއި އެހެން މީހެއްގެ އެހީއާއި ނުލައި ހެލިފެލިވެ ނޫޅެވޭ މީހުން ވެކްސިން ޖަހައިދިނުމަށް ދަމަނަވެށި މޮބައިލް ޓީމުން ހަރަކާތްރެރިވަމުން އަންނަ ކަމަށެވެ.

އެހެންކަމުން އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ގުޅައިގެން އެފަރާތްތަކުންގެ މައުލޫމާތު ހިއްސާކުރުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

މިހިދުމަތް ދޭން އަދި ހަމަޖެހިފައިވަނީ މާލެ އަދި ވިލިމާލޭގައި ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިވަގުތު މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދެމުން އަންނަނީ 45 އަހަރުން މަތީގެ އެންމެންނަށާއި 18 އަހަރާއި 45 އަހަރާއި ދެމެދުގެ ހައި ރިސްކް މީހުންނަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. 15 ދުވަސްތެރޭ 43،817 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ވަނީ ލިބިފައެވެ.